Ads 468x60px

Tuesday, October 22, 2013

ރަށު ކައުންސިލްގެ ރައީސްކަން ލިބިއްޖެނަމަ


ކަމެއް ކާމިޔާބުކުރުމަށްޓަކައި ކޮންމެ މީހަކުވެސް މަސަށްކަތްތަކެއް ކުރާނެއެވެ. ވައުދު ތަކެއް ވާނެއެވެ. "ދަޅަތަކެއް" ދައްކާނެއެވެ. މިއީ އާމުކޮށް ތަންތަނުގެ އިސްވެރިންނަށް ކުރިމަތިލާ ބޭފުޅުންގެ އުޞޫލެވެ. ނަމަވެސް އެމީހަކަށް އެކަމެއް ކަމިޔާބު ވުމުން އެދައްކާ ދަޅަތަކާއި އަޅުވާ "އަނދުން" ތަކުގެ ހަދާނެއް ނުހުއްނާނެއެވެ. މިގޮތުން ރަށުކައުންސިލް ކަމަށް ކުރިމަތިލާގެން ހޮވިފަތިބި ބޭފުޅުންގެ ކިބައިން މި ހަޤީޤަތް ފެންނަމުންދާ ކަމީ މިކަމުގެ ހެއްކެކެވެ. ކައުންސިލުގައި ފަސް ބޭފުޅުން ތިބޭ އިރު ހުރިހާ އެންމެންވެސް ކުރާކަމަކީ ލިބޭ ރުފިޔާ ކޮޅު ޖީބަށް ލައިގެން އަތްއުރައިލައިގެން ތިބުމޭބުންޏަސް ދޮގަކަށް ނުވާނެއެވެ. ކައުންސިލުގެ ރައީސް އެކޭ ކައުންސިލު އިދާރާގައި މަސައްކަތް ކުރާ "ޕިޔޯނެކޭ" ހަމަހަމައެވެ. ރައީސް އަކަށް ވެގެން ކުރާ ވަކި ޙާއްސަ ކަމެއް ނޯވެއެވެ. ނަމަވެސް އަޅުގަނޑަށް ކައުންސިލްގެ ރައީސްކަން ލިބިއްޖެނަމަ 
"ތަފާތު" ދައްކާނަމެވެ.


ރައްޔިތުންގެ ވިންދާ ހަލަތާ ބަލާނެކަމަށް ކޮންމެ ކައުންސިލެއްގެ ރައީސްވެސް ބުނެއެވެ. ނަމަވެސް ގިނަފަހަރަ އޮންނަނީ ބޭކާރު ވާހަކައަކަށް މި ވާހަކަ ވެފައެވެ. މިކަން މިހެންވާން ދިމާވާ ސަބަބެއް ކަމުގައި އަޅުގަނޑު ދެކެނީ ކައުންސިލްގެ ރައީސް މުރާލި ނުވުމެވެ. އަޅުގަނޑަށް ކައުންސިލުގެ ރައީސް ކަން ލިބިއްޖެ ނަމަ މުރާލިމީހަކަށް ވާނަމެވެ. ކޮންމެ ރައްޔިތެއްގެ ކައިރިއަށް ވަކިވަކިން ގޮސް އެ ރަޔިއްތެއް، ކައުންސިލުގެ މަސައްކަތާމެދު ދެކޭގޮތް އޮޅުންފިލުވާނަމެވެ. ރަނގަޅު ކުރަންޖެހޭ ކަންތައްތަކާއި ގޯސް ކަންތައްތައް އޮޅުން ފިލުވާނަމެވެ. ރައްޔިތުންގެ ހާލަތާއި ވިންދު ކައިރިން މުރާލި ކަމާ އެކު ބަލާނަމެވެ.

ރައްޔިތުންގެ އެދުންތައް ކަމާބެހޭ ފަރާތަކަށް ފޯރުވައި ދިނުމަކީ ވެސް ކައުންސިލުގެ ޒިންމާއެކެވެ. ރައްޔިތުން އެދޭ ހުރިހާ ކަމަކީ ކަންސިލުގެ ރައީސް އަށް ކޮށްދެވޭނެ ކަމެއްނޫނެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކާއި ވާހަކަ ދައްކައިގެން އެކަންތައްތަކަށް އަލިމަގެއް ހޯދުމަށް މަސައްކަތް ކުރެވިދާނެއެވެ. އެހެންކަމުން އަޅުގަނޑަށް ކައުންސިލްގެ ރައީސްކަން ލިބިއްޖެނަމަ އަވަސް މުއްދަތެއްގައި ރައްޔިތުންގެ އެދުންތަށް ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދީ ޙައްލެއް ހޯދުމަށް މަސައްކަތް ކުރާނަމެވެ. ރައްޔިތުންގެ އެދުންތައް ފުއްދާދެވެން އޮތް ގޮތެއް ހޯދައި އަވަސްވީ ގޮތަކަށް ފުއްދާދޭނަމެވެ.

ރައްޔިތުންނާއި ކައުންސިލާ މެދު އޮންނަ ގުޅުމަކީ ވަރަށް މުޙިއްމު ގުޅުމެކެވެ. ކައުންސިލުގައި ހިނގާ ކަންތައްތައް "ހޫނު" ކަންމަތީ ރައްޔިތުން އަށް ފޯރު ކޮއްދެން ޖެހެއެވެ. ރައްޔިތުންގެ ޙިޔާލު ކަންކަމުގައި ހޯދަންޖެހެއެވެ. އަޅުގަނޑަށް ކައުންސިލުގެ ރައީސް ކަން ލިބިއްޖެނަމަ ރައްޔިތުންނާއި ކައުންސިލާ ދެމެދު އޮއްނަ ގުޅުން ހަރުދަނާ ކުރާނަމެވެ. ރަށުގެ ތަރައްޤީއަށް ކުރެވޭނެ ކަންކަމާ ބެހޭ ގޮތުން މަސްވަރާ ކުރާނަމެވެ. ކައުންސިލަކީ ރައްޔިތުންނާއި ރަހުމަތްތެރި ތަނެއް ކަމުގައި ހަދާނަމެވެ. ރައްޔިތުން ބޭނުންވާ ގޮތަށް ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދާނަމެވެ.

ކޮންމެ ރަށެއްގައިވެސް އެންމެ މުޙިއްމު ދެ ކަމަކީ ސިއްޙީ ފަރުވާދޭ ރަނގަޅު ތަނެއް ހުރުމާއި އެކު ރަނގަޅު ތައުލީމީ ނިޒާމެއް އޮތުމެވެ. ކޮންމެ ރައްޔިތަކު ވެސް ބޭނުން ވާނީ ރަށުގައި ހުރެގެން އެމީހެއްގެ ދަރިއަކަށް ކިޔަވައި ދިނުމެވެ. އަދި ރަށުގައި ތިބެގެން ރަނގަޅު ބޭސްފަރުވާ އެއް ހޯދުމެވެ. އެހެންކަމުން އަޅުގަނޑަށް ރަށު ކައުންސިލްގެ ރައީސް ކަން ލިބިއްޖެ ނަމަ ތައުލީމީނިޒާމާއި ސިއްޙީ ހާލަތު އިތުރައް ތަރައްޤީ ކުރުމަށް މަސައްކައް ކުރާނަމެވެ. ކަމާބެހޭ ފަރާތް ތަކުގެ އެޙީ އަށް އެދޭނަމެވެ. މިފަދަ ކަންކަން ތަރައްޤީ ކޮއްދެއްވުމަށް އެދި ކަމާ ބެހޭ ފަރާތްތަކުގެ "ދެފައިގަ ހިފާފައި އާދޭސް ކުރާނަމެވެ".

ވީމާ، އަޅުގަނޑަށް ރަށު ކައުންސިލްގެ ރައީސްކަން ލިބިއްޖެނަމަ، ރައްޔިތުންގެ ޙައްޤުތަކަށް އަމާނާތްތެރި ވާނަމެވެ. ރައްޔިތުންގެ އެދުންތަށް ފުއްދައިދިނުމުގައި ދެމި ހުންނާނަމެވެ. އެންމެ ތަންކޮޅެއް ވެސް ފަހަތަކަށް ނުޖެހޭނަމެވެ. ރައްޔިތުންގެ ހަރު މުދާ ވިއްކައެއް ނަހަދާނަމެވެ. ރަށް ކުރި އެރުވުމުގެ ގޮތުން ރަށުގައި އުފައްދާފައިވާ ޖަމިއްޔާތަށް ހަރުދަނާކޮށް ބާރުވެރި ކުރުވައި ޒިންމާދާރު ބަޔަކަށް ހަދާނަމެވެ. ރަށުގެ ތެރޭގައި އެކުވެރިކަން އުފެއްދުމުގެ ގޮތުން ތަފާތު ކަންކަން ރާވައި ހިންގާނަމެވެ. ސިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާ މިހާރަށް ވުރެ ހަރުދަނާ ކުރާނަމެވެ. ރަށުގެ ޒުވާނުންނަކީ މަސައްކަތްތެރި ހީވާގި ބަޔަކަށް ހަދާނަމެވެ. މަސްދުވާ ތަކެތިން މި ރަށް ސަލާމަތް ކުރާނަމެވެ. 

1 comments :